އަމީނީމަގުގައި ފުލުހުންގެ ވެހިކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ބަގީޗާ ކުރިމަތިން ފުލުހުންގެ ކާރަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓްވީކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 20:17 ގައި ކަމަށެވެ.
އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.