ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ބައްޕަ އަވަހާރަވެއްޖެއެވެ.
މަވޯޓާ ޝަރީފް މިރޭ ޓުވިޓާގައި ވަނީ އޭނާގެ ބައްޕަ މޫސާ ވަޖްދީ އަވަހާރަވެފައިވާކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕައަކީ މަރަދޫގައި ގިނަ ބައެއްގެ އިހުތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މަވޯޓާ ޝަރީފަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެންބަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ.