ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަަދަދު އަންނަ ހުކުރު ދުވަހު މިލިއަނަކަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.މަޢުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރާ ހަވާލާދީ މިހާރުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެ ގޮތަށް އަންނަކަމަށްވާނަމަ އަހަރު ނިމޭއިރު 1.6 މިލިއަން ފަތުުވެރިން އަންނާނެކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.
މިނިސްޓަރު ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ ޢަދަދު މަދު ނުވިނަމަ 2019 ވަނަ އަހަރު ޒިޔާރަތްކުރި ވަރަށްވުރެ އިތުރުވާނެ ކަމަށެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުކަމަށްވާ 2019 ގައި ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މި އަހަރު ފެށުނު ފަހުން އަދި ޒިޔާރަތްކުރީ 970,000 ފަތުރުވެރިންނެވެ. އެންމެ ގިނައިން ފަތުރުވެރިން އައީ އިންޑިއާ, އިނގިރޭސިވިލާތް, ރަޝިޔާއިންނެވެ.