އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުކޮށްފައި ދެން ތިބި ފަރާތްތައް ހައްޔަރުނުކޮށް މުޖުތަމަޢުއަށް ދޫކޮށްލާފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު އާ އެއްކޮށް ރާއްޖޭގެ 250 މީހަކު އެއް ޖިންސުން ގުޅުން ހިންގިކަމަށްވެއެވެ. އެކަމާ ގުޅޭ ވީޑިއޯތައް ބައިބަޔަށް ނުކުމެފައިވާއިރު މިއަދު ވެސް ވަނީ ވީޑިއޯއެއް ޢާންމުވެފައެވެ.
އެ ވީޑިއޯތަކުން ފެންނަ މީހުންގެތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނު ހިންގަންވާނީ އެންމެންނާ މެދު އެއް ހަމައަކުން ކަމަށެވެ. އަދި ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
“އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުގަ. ދެން ތިބި ފަރާތްތައް މުޖުތަމަޢުގަ ދޫވެފަ. ނޫނީ މަޤާމުތަކުގަ. ޤާނޫނު ހިންގަންވާނީ އެންމެންނާމެދު އެއް ހަމައަކުން. ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން.“ ޑރ.ޝަހީމް ވިދާޅުވިއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރީ ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރާއި ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި ފުލުހަކާއި ނޫސްވެރިއެކެވެ.
ރުޅިއަޔަސް ރުޅިނަޔަސް އިންސާފަކީ ހަމަހަމަވުން ޙާކިމާ ރުޅިއައިސްހުރެ ޙުކުމްކުރުމެއް ހުދަވެގެނުވާއިރު ސޭޚް ސަހީމް މިފަދަވާހަކަފުޅެއް ވިދާޅުވީމަ މީގެންދޭހަވަނީ ސޭޚް މެންގެދުވަސްވަރުވެސް އިންސާފެއްނެއްކަން