ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 03 މީހަކު ޖަލަށްލުމަށް މިއަދު ޙުކުމްކޮށްފިއެވެ.
އެ މައްސަލައަކީ ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 2015 ވަނަ އަހަރުގައި އެކި ދުވަސް މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ.
އެ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އެ ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.
ނަމަވެސް އެ ތިން މީހުންކުރެ ކޮންމެ މީހަކު ތަންފީޒުކުރަންޖެހޭ މުއްދަތަކީ 9 އަހަރާއި 10 މަހާއި 15 ދުވަސްކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ. އެއީ އެ މީހުން ތަޙްޤީޤުގައި ބަންދުގައި ތިބި މުއްދަތު އުނިކޮށްފައެވެ.
ޖަލަކަށްނޫލާންވީ ނައްތާލަންވީ ރަށްޔިތުންގެ .ބައިތުލްމާލުން ކާންދީގެން ބައި ތިއްބާނެކަމެނެއް !