އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުދިމަކު ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑްކުރީ ބަންގްލަދޭޝްގެ އަލަމްގިރިއާއެކު ގުރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އަޙްމަދު ރަޝީދު ކިޔާ އެ މީހާއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ހުޅުވި މިސްކިތުގައި އިމާމުކަން ކުރި މީހެކެވެ. ފަހުން ހުރީ ކޮން މިސްކިތެއްގައިކަމެއް ސާފެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި އަލަމްގިރިއާއެކު އޭނާ އެއް ޖިންސުން ގުޅުން ހިންގާކަމަށް ފުލުހުންގެ ފޮރެންސިކަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ ގޮތުން ފިޔަވަޅު އަޅައިދޭން އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ސިފައިންގެ މީހަކު ސަސްޕެންޑްކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.