ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު އާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އަލަމްގީރު އާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ހިފެހެއްޓީ ކޮން ބައެއްގެ ޕާސްޕޯޓުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަލަމްގީރު ނުވަތަ އަލަމްގިރިއާ އެއްކޮށް ރާއްޖޭގެ 250 އެއްހައި މީހުން އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނާއިރު، އޭނާއާ އެއްކޮށް ބައެއް މީހުން އެކަން ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އަންނަނީ އާންމުވަމުންނެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން މިހާތަނަށް 04 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.