ސްޓެލްކޯގެ އެމްޑީ ޝަރީފްގެ ތައުރީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއަށް ބަރުތީލަ ކޮށްލައިފިއެވެ.
ސްޓެލްކޯ ހައުސިން ފްލެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ފެނަކައިގެ ހުރި ގޮންޖެހުންތަކާއި ދިމާވާ މައްސަލަތަށް ވަރަށް ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުން ދަންނަވާނީ ފެނަކައިގެ އެމްޑީއަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ.
އެހެން ދެންނަވަން މިޖެހުނީ އެހުރިހާ ގޮންޖެހުންތަކާއިއެކުވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަން ކުންފުނީގެ ދަތިތަކުގެ އިހުސާސް ވިޔަ ނުދެއްވާ 24 ގަނޑިއިރު ކަރަނޓް އަދި އެހެން ޔުޓިލިޓީ ހިދުމަތް ފޯރުކޮށް ދޭތީ ކަމަށްވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑު މެން ދެ މީހުން، ސައީދު އަދި ޝަރީފް އެއީ ދިވެހިން އަލިކަމުގައި ބައިތިއްބާ ދެމީހުން، އަދި ފެނަކަ އަދި ސްޓެލްކޯ މިއީ ރާއްޖޭގެ ރައްޔިތުންގެ ނޫރުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަމިއްލައަށް ތާރީފް ބޮނޑާ ބަސްތައް ބޭނުންކުރުމުން ދޭހަވޭ ބޮޑުއެއް. އަމިއްލައަށް ތިބުނެވުނުބަސްތައް ރަނގަޅެއްނޫން ، ސަޢީދު ގޯހެކޭ ނުދަންނަވަން. ޝަރީފް ކަލަކުކަމަށް ދަޢުވާކިރުންފަދަ މޭރުމަކުން މޮށުނީމަ ރަނގަޅެއްނޫން. އިލެކްޝަން ކުރިޔަށްގެންދިޔައީވެސް ރަނގަޅަކަށް ނޫން. ބަލައެއްނުގަނެވޭ !!!!!