ދެ ދަތްދޮޅި ނުވަތަ އިނގިރޭސި ބަހުން ނަމަ ޑަބަލް ޗިންއަކީ މިއަދު ގިނަ ބަޔަކު ނުހަނު ލަދު ގަންނަ ފިލުވަން ބޭނުންވާ އެއްޗެކެވެ.
ދެދަތްދޮޅިލާ ހަމައެކަނި ސަބަބަކީ ފަލަވުމެއް ވެސް ނޫނެވެ. ބައެއްފަހަރު އެއީ އާއިލީ ގޮތުން ވާރުތަވާ ކަމެއް ކަމަށް ވެސް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ. މިކަން ހައްލު ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް އާދައިގެ ކަންކަން އެބަހުއްޓެވެ. އެގޮތުން ކަރުންމަތީގެ ކުދި ކުދި ކަސްރަތު ތަކެއް ކޮށްލަނިކޮށް މިކަން ހަމަޖެހިދާނެއެވެ.
ފުރަތަމަ ކަމަކަށް ތިރީ ދަތްދޮޅި ބޭރަށް ވާގޮތަށް ނެރެލާށެވެ. މިގޮތަށްވެސް 10 ސިކުންތު ހިފަހައްޓާލާ 5 ފަހަރު ތަކުރާރު ކޮށްލާށެވެ. ނުވަތަ އިސް އުފުލައިލާފައި ދެތުންފަތް ބޭރަށް ހިފަހައްޓާލާށެވެ. މިކަންވެސް 10 ސިކުންތު ވަންދެން 5 ފަހަރު ތަކުރާރު ކޮށްލާށެވެ.
ދުލުގެ ކޮޅު މަތީ ތައްޔާއި ދިމާލަށް އުފުލާ މަތީ ތަލީގައި ޖައްސާލާށެވެ. މިގޮތަށް 10 ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. އަދި ކަސްރަތު ކުރާ ކޮންމެ ފަހަރަކު މިގޮތަށް 5 ވަރަކަށް ފަހަރު ހަދާށެވެ.
ނެކް ރޮޓޭޝަން އަކީ ވެސް އޭގެ ސަބަބުން އަވަސް ހައްލެއް ލިބިދޭ ކަމެކެވެ. މިކަސްރަތުގައި ކަރު ދެ ފަރާތަށް، އެއް ފަރާތުން އަނެއް ފަރާތަށް ރޮޓޭޓް ކުރާށެވެ. މިހެން ހެދުމުން ދަތްދޮޅި އާއި ދަށުގައި ހުންނަ މަސްތަކަށް ކަސްރަތު ލިބޭނެ އެވެ.
މިއީ ދެދަތްދޮޅި ހުންނަ މީހުން، ނަތީޖާ ފެންނަ ކަމަށް ބުނެފައިވާ ބައެއް ކަސްރަތުތަކެވެ.