ސްރީލަންކާއަށް އުފަން ބޮލީވުޑްގެ ބަތަލާ ޖެކުލިން ފެނާންޑޭޒް ސުކޭޝް ޗަންދްރަޝޭކަރު ގެ މަނީ ލޯންޑަރިންގެ މައްސަލައަށް ފަހު އެންމެން އޭނާ ބާކީ ކުރާ ކަމަށް ޖެކުލިން ހާމަކޮށްފިއެވެ.
ޖެކުލިން ހާމަކޮށްފައިވާ ގޮތުގައި މަނީ ލޯންޑަރިންގެ ކުށަކީ އެހެން މީހަކު ކުރި ކަމެއް ކަމަށާއި އެކަމާއި އޭނާ ދެކެ ރުޅި އައިސް ނުރުހުން ވެފައި ތިބުމުން އެކަމުގެ އަސަރު އޭނާއަށް ކުރާކަމަށެވެ. ނޫސް ތަކުގައި ވެސް އޭނާ އާއި ބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ ކަމަށާއި އެކަހަލަ ހަބަރުގެ އޭނާއަށް ޑިޕްރެޝަނާއި ހަނގުރާމަ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަދި މަޝްޙޫރު މީހުންއާއި ބެހޭ ގޮތުން ދޮގުވާހަކަ ފަތުރާނެ ކަމަށާއި އޭނާ އަކީ އޭނާގެ ސަޕޯޓަރުން އާއި މީޑިއާގައި މަސައްކަތް ކުރާ މީހުން ދެކެ ނުހަނު ލޯބިވާ މީހެއް ކަމަށާއި އެ ލޯބި އޭނާއަށް ވެސް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ޖެކުލީން މިހެން ބުނި ނަމަވެސް މީހުންނަށް ބިރު ދައްކައިގެން އެތައް ކްރޯޑެއްގެ ފައިސާ ފޭރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ސުކޭޝް ޗަންދުރަޝޭކަރް ޖެކުލިން އާއި ގާތްގުޅުމެއް އޮންނަށް ކަމަށް ހަބަރުތަކުން ރިޕޯޓްކުރުމާއި، މިދެމީހުންގެ ވަރަށް ގައިގޯޅި ފޮޓޯތަކެއްވެސް ދައުރުވުމާއި ގުޅިގެން އާއްމުންގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުންވެސް އަންނަނީ ޖެކުލީންއަށް ފާޑު ކިޔަމުންނެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ ސުކޭޝް އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ. އީޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ، ސުކޭޝް ވަނީ ޖެކުލިންއަށް 10 ކަރޯޑް ރުފީސްގެ ތަކެތި ހަދިޔާކޮށްފައެވެ.