ބޮލީވުޑްގައި 80 ގެ އަހަރުތަކުގައި ރަނިކަން ކުރި ބަތަލާ ސްރީ ދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އަކީ މިހާރު ބޮލީވުޑްގައި އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ބަތަލާއެކެވެ.
ޖާންވީ މި ފަހުން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި ތަފާތު ކުރުމާއި އެކި ފާޑު ކިޔުން އަމާޒުވާނެ ކަމަށް އޭނާގެ މަންމަ މީގެ ކުރިން ބުނި ކަމަށެވެ. އަދި ސްރީ ދޭވީގެ 300 ފިލްމާއި ޖާންވީގެ 1 ފިލްމުގެ އަޅައި ކިޔާނެ ކަމަށް މަންމަ ބުނި ކަމަށް ވެސް ޖާންވީ ވަނީ ހާމަކޮށްފައެވެ.
އޭނާގެ މަންމަގެ އެކްޓިން އާއި އޭނާގެ އެކްޓިން އާއި މަންމަ ބުނި ފަދައިން މިހާރު އަޅާ ކިޔާ ކަމަށާއި އޭނާގެ މަންމަ އަށް ވުރެ މޮޅަށް އެކްޓ ނުކުރެވޭނެ ކަމަށް އޭނާ ވާނީ ހާމަކޮށްފައެވެ. އަދި މަންމަ އާ އެއް ފެންވަރަށް އެކްޓް ކުރެވޭނެ އެހެން ބަތަލާ އެއް ހުންނާނެ ކަމަށް ވެސް އޭނާ ގަބޫލު ނުކުރާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ބޮލީވުޑްގައި މީހުންގެ ފާޑު ކިޔުމާއި ދެރަވާ ކަހަލަ ބަދު ބަސް އަބަދުވެސް އިވޭނެ ކަމަށާއި އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި ހުރުމަށް މަންމަ ނަސޭޙަތް ތެރިވި ކަމަށް ވެސް ޖާންވީ ވަނީ ހާމަކޮށްފައެވެ. މި ދާއިރާގައި އޭނާ ކުރިއަށް މި ދަނީ އޭނާގެ މަންމައަށްޓަކައި މަންމަގެ ނަސޭހަތް ގަބޫލުކޮށްގެން ކަމަށް ވެސް ޖާންވީ ވަނީ ހާމަކޮށްފައެވެ.