ޤިޞާޞް ތަންފީޒުކުރަާ މެނިފެސްޓޯ އަކަށް ނޫން އެއްޗަކަށް 2023 ގައި ވޯޓު ނުދޭން ރައްޔިތުން ނިންމަންވެއްޖެކަމަށް އައްޝައިޚް މުޖުތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ އަނިޔާވެރި ގޮތަކަށް ހ.ޝީރީންވިލާގައި މަރާލައިފައި އޮއްވާ ރޭ ފެނުނު ޢުމުރުން 22 އަހަރުގެ މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރާ ގުޅިގެން ޤިޞާޞްގެ ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.
ޝައިޚް ވިދާޅުވީ ނުރައްކާތެރި މަރެއް ހިނގީމަ ދެ ފަހަރު ޤިޞާޞްގެ ވާހަކަ ދައްކާލާފައި ނިންމާލުމުގެ ބަދަލުގައި 2023 ގައި ޤިޞާޞް ތަންފީޒު ކުރަ މެނިފެސްޓޯ އަކަށް ނޫން އެއްޗަކަށްވޯޓު ނުދޭން ރައްޔިތުން ނިންމަންވެއްޖެ ކަމަށެވެ. އަދި އެ ވަޢުދު ފުއްދާތޯ ފާރައަށް ތިބެންޖެހޭ ކަމަށާއި ޤައުމު އިސްލާޙުވާނީ އެންމެން އިސްލާޙުވެގެންކަމަށް ޝައިޚް ވިދާޅުވިއެވެ.
ގިސޯސް ހިފޭވަރު މީހަކަށް މިވަގުތު ރާއްޖޭގައި ހުރި މީހަކީ އުމަރު ނަސީރު އެބޭފުޅާ ގަޓްހުންނާނެ ވަރަށް ވަރަށްސާފް އިނގޭތޯ
ޝޭޚޫ މެނިފެސްޓޯއެއްގާ އޮވެދާނެ. އެކަމަކު އަންނަ ދައުރުގާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 3 މަސްތެރޭ ޝަރުޢީ އެންމެހާ މަރުހަލާތައް ނިމި މަރުގެ ހުކުމް ތަންފީޒް ކުރަންޖެހިފަވާ މިހުންވާނަމަ އެ އެންމެން ގައްލާދުއާ ހަވާލުކޮށް ބޯ ކަނޑާކެވޭނެ. ކަމަށް މި ބަލަނި
ވަރަށް ތާއީދު ވާހަކަފުޅެއް.. ތާއީދު ނުކޮށެއް ނުވާނެ.. އިސްލާމީ ސަރިއަތް ނުވަތަ ހުކުމް ތަންފީޒު ކުރާނީތޯ ބަހުސެއް ވެސް ނުކުރެވޭނެ.. ސަބަބަކީ ހެއްދެވި ފަރާތް އޮތީ އުޅެންވީ ހުރިހާ ގޮތެއް އަލިފުންޔާ އަށް އަންގަވާފައި.
ތެދުފުޅެއް