އެންމެ ފުރަތަމަ މުޅި ދައުލަތުން ކޮށްދޭންވީ ކަމަކީ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުންކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލާފައިވާ މަރްޔަމް ޝިޢާއު މުޙައްމަދު ސަޢީދަށް ސުވަރުގެ މިންވަރުކުރައްވާ އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ނާޒިމް ވިދާޅުވީ ކުށްތަކުން މި ޤައުމު މިހާރު ހަފުސްވެއްޖެ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެސް މުޅި ދައުލަތުން ކޮށްދޭންވީ ކަމަކީ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުންކަމަށް ނާޒިމް ވިދާޅުވިއެވެ.
“ކުށްތަކުން ޤައުމު ހަފުސްވެއްޖެ. އެންމެ ފުރަތަމަ ސަރުކަާރާއި މުޅި ދައުލަތުން ކޮށްދޭންވީ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން.“ ނާޒިމް ވިދާޅުވިއެވެ.
އަނިޔާވެރި ގޮތަކަށް ޝިއާ މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގައި އެކަކު ހައްޔަރުކޮށް ފުލުހުން އަންނަނީ އެ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.
ކޮންމެ މީހަކުވެސް މިބުނަނީ ޙައްޤު އަދަބު ދޭށޭ! މަރަށް މަރު ނުހިފައި ޙައްޤު އަދަބު ދޭންގޮވާއިރު ﷲސުބުޙާނަޙޫ ވަތަޢާލާގެ ޙުކުމް އެއްކިބާކޮށްފަ ދެވޭނެ ޙައްޤު އަދަބެއް އޮންނާނެބާ! އެހެންވީމާ މަރަށް މަރުހިފުމާ ދެކޮޅަށް ވަކާލާތުކުރާ ބަޔަކަށް ހޯދައިދެވޭނެ އަމާންކަމެށް ނޯންނާނެ.