އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ހައްދު ކަނޑައެޅިފައިވާ ބޮޑެތި ފާހިޝް ޢަމަލުތައްކަމުގައިވާ ލިވާތު ކުރުމާއި، ސިހާގު ކުރުމާއި، މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގުން އިތުުރުވަމުންދާތީ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ހުށަހަޅުއްވަނީ މި އަބާއްޖަވެރިކަމުން ރައްޔިތުން ދުރުކުރާނެ ގޮތްތަކުގެ މައްޗަށް ސާބިތުވެ ތިބެ އިސްލާމީ ޝަރީޢަތުގައި އެފަދަ ބޮޑެތި ޖަރީމާތަކަށް ކަނޑައަޅާފައިވާ ޢުޤޫބާތްތައް ވަގުތުން ވަގުތަށް ދިނުމަށް ގޮވައިލައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ މައްސަލައިގައި ލިވާތުކުރުމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައިވެއެވެ. އެ ގޮތުން ބައެއް މަޒްހަބުތަކުން ލިވާތުގެ ޙުކުމާމެދު ދެކޭ ގޮތް ވެސް ބަޔާންކުރައްވާފައިވެއެވެ.
އިސްލާމްދީނުގާ ހައްދު ކަނޑައެޅިފާ ވަނީ ކިތައް ކުށައްތޯ ؟؟