ދަރިވަރުންނަށް ޢަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކެވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެެވެ.
ރައީސް މިހެން ވިދާޚުވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދަރިންނަށް ޢަމަލީ ގޮތުން ނަމޫނާ ދައްކަވަން ތިބީ އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން ކަމަށެވެ. އަދި ސްކޫލް މާހައުލުގައި އެ ކުދިންގެ ބެލެނިވެރިންނަކީ މުދައްރިސުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކޮންމެ ކަމެއްގައި ވެސް ދަރިވަރުންނަށް ޢަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކެވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.