މިހާލަތަށް ރާއްޖެ ދިޔުމަށް މެދުވެރިވި ސަބަބު ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. ވަހީދު މިފަދައިން ވިދާޅުވީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެއް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެންނެވެ.
މިހާދިސާއާއި ގުޅިގެން ކުރީގެ ރައީސް ވަހީދު ވިދާޅުވީ މިއީ ދިވެހިން ކުރިން ދަންނަ ރާއްޖެއެއް ނޫން ކަމަށެވެ. މިހާރު ގައުމުގެ ހާލަތު ގޮސްފައިވާ ސަބަބު ދެނެގަންނަށް ޖެހޭ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ސިޔާސީ ބޭފުޅުންނާއި އާންމު އަންނަނީ މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. އަދި ރޭ ހިނގައި ދިޔަ މައްސަލަ ތަހުގީގުކޮށް އަދަބުދޭން ޖެހޭ ފަރާތްތައް އަދަބު ދިނުމަށް ވެސް އަންނަނީ ގޮވަމުންނެވެ.
މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އެވެ. އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ.
ފުލުހުން ބުނީ މަރުގެ ހާދިސާ ހިންގި ތަނުން ޝާހިލް ހައްޔަރުކުރި ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.
ކަލޯބަގާވާތްޖޮއްގެން ވެރިކަންޖަހައިގަތުމުންދައުލަތުގެފައިސާ ގަނީމާކަމުގަހަދާ އެންމެން ބަހަކީ ނަތީޖާއަކީރައްޔިތުންހާލުގަޖެހިފަތްބޯނީހުންއިތުރުވެ ވިއްކާމީހުންވެސްއިތުރުވީ
މިހިސާބަށް ރާއްޖެދިޔަސަބަބު ހޯދުމަށް އަތްފުނާ އަޅާކަށް ނުޖެހޭނެ ސަބަބު ދިމާއަށް ފެންނަން އެބައޮތެވެ. ﷲއާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ މިއަށްވުރެ ކުޑަކަމެއްނޫނެވެ. އެކަމަށް އެޅިފައިވާ ފިޔަވަޅަކީ ކޮބައިތޯއެވެ. ހިތާމައަކީ ގައިމުގެ ވެރިންނަށް ދިމާއަށް ފެންނަން އޮތަސް ނޭގޭކަމަށް ހަދާތީއެވެ. ލޯހުރެ ލޯނެތްމީހުނަށް ވެރިން ނުވަމާތޯއެވެ.