ޖެހިލުމެއްނެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި އިސްލާމީ ޝަރީއަތް ގާއިމުކުރަންޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ.
ހ.ޝީރީންވިލާގައި ރަޙްމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައާ ގުޅިގެން ޢުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީއަތް ގާއިމުކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ޢުމަރު ވިދާޅުވީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް އިރާދަ ކުރެއްވިއްޔާ ދިވެހިން އަދި ދެކޭނެ ކަމަށާއި, އެ ދުވަހަކުން ބޮޑެތި ކުށްތައް މުޅިންހެން ހުއްޓިގެންދާނެ ކަމަށެވެ. އަދި އަމާން އުފާވެރި ޤައުމެއް ދިވެހިން ދެކޭނެކަމަށް ޢުމަރު ވިދާޅުވިއެވެ.
ގިސޯސް ހިފަން ކެރޭނެ އުމަރުު ނަސީރު އެބޭފުޅާ ގަޓްހުންނާނެ ވަރަށް ވަރަށްސާފް