މަރަށް މަރު ނުހިފެނީ ޤާނޫނުގައި އެކަން ހިމެނިފައި ނުވާތީ ނޫން ކަމަށާއި ޤާނޫނު ތަންފީޒު ނުކުރެވޭތީކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ޏ.ފުވައްމުލަކު، ކުރި، މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައާއެކު ޤައުމަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އަނިޔާވެރި އެއް މަރެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިކޮށްލާފައި އޮތް ޝިއާ ފެނުނީ ހ.ޝީރީން ވިލާގެ 09 ވަނަ ފްލޯއިންނެވެ. އޭނާ މަރައިލީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ޝިއާއަށް ވަރަށް އިހާނެތި އަނިޔާ ދީފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު ގިނަ ބަޔަކު ދަނީ މަރަށް މަރު ހިފުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
ސިރާޖު ވިދާޅުވީ މަރަށް މަރު ނުހިފެނީ ޤާނޫނުގައި އެކަން ހިމެނިފައި ނުވާތީ ނޫން ކަމަށާއި ޤާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށެވެ.
ސިރާޖު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 އަދި 1205 މާއްދާގެ ދަށުން މަރަށް މަރު ހިފުމަށް ޤާނޫނުގައި މިހާރުވެސް އޮންނަ ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ޙުކުމް ތަންފީޒުކޮށްފައިވަނީ ރައީސް މުޙައްމަދު އަމީން ދީދީގެ ދައުރުގައެވެ.
އިންރާން ޝޭޚަށް ގުރްއާނާއި ރަސޫލާގެ ސުންނާތް ނޭނގޭތީ ގާނޫނު ތަންފީޒް ނުކުރެވޭނީ
ދެންވެސް ގައުމު ދީނަށް ސީދާކުރުމަށް ވަކާލާތު ކުރާ މީހަކަށް ބައިޢަތު ހިއްޕަވާ. އެހެން ބުނީމާ ބުނާނީ އެމީހެއްގެ ފަހަތުގަ ތިބީ މަދު މީހުންނޭ.ވިސްނަވާ ބަދުރުގެ ދުވަސް. އެދުވަހު އެތަނުގަ ހުރިނަމަ ބައިޢަތު ހިފާނީ ގިނަ މީހުންތިބި ކާފަރުންގެ ކޮޅުގަތޯ? ދެންވެސް މިކަހަލަ ބޮޑެތި ކަންކަމުގެ ހައްލު އޮތީ ގައުމު ދީނަށް ސީދާ ކުރުމަށް އުޅޭ މީހަކަށް ބައިއަތު ހިފައިގެން.ހައްލަކީ ޢުމަރު.