ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާންޖެހޭކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރޭ މާލޭގައި ރަޙުމްކުޑަ ގޮތަކަށް ޒުވާން އަންހެނަކު މަރައިލި މައްސަލައާ ގުޅިގެން ޖެންޑާއިން މިއަދު ބުނީ މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރައިލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އަދި ގެވެށި އަނިޔާގެ މިފަދަ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި, އެ މި ޢަމަލާމެދު ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.
”ކޮންމެ މީހަކަށް ވެސް ދިރިހުރުމުގެ ޙައްޤު ލިބިފައިވޭ އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ.“
މި ހިތާމަވެރި އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަގުތު ހޭދަކުރުމަށް ޢާއިލާއަށް ފުރުސަތު ދިނުމަކީ ކޮންމެ ފަރާތަކުން ވެސް މި ވަގުތު ކުރުން މުހިންމު ކަމެއް ކަމުގައި ދެކޭކަމަށް ވެސް ޖެންޑާއިން ބުންޏެވެ.
ރޭ މާލޭގައި ރަޙުމްކުޑަ ގޮތަކަށް މަރައިލީ ޏ.ފުވައްމުލަކު, ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު އެވެ. އޭނާ މަރާލައިފައި އޮއްވާ ފެނުނީ ހ.ޝީރީން ވިލާގެ 09 ވަނަ ފްލޯއިންނެވެ.
ކޮމެންޓު ކުރީމަ ކޮމެންޓު ހާމަ ނުކުރާނަމަ ކޮމެންޓު ކުރުމުގެ ބޭނުމެއްނެތް
މޮޅެތި ވާހަކަ ދެއްކުން ހުއްޓާލައި ޢަމަލުން އެކަން ދައްކާ
މިކަމުގައިވެސް ޙައްގު އޮންނާނީ ހަމައެކަނި ގާތިލަށް