އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރު ފަރާތުން އަނެއްކާ ވެސް ސީލެއް ފެނިއްޖެއެވެ.
މި ސީލް ފެނިފައިވަނީ މިއަދު މެންދުރުފަހުގައެވެ. އެ ސީލްގެ ދިގު މިނުގައި އަށެއްކަ ފޫޓު ހުންނާނެކަމަށް ބެލެވެއެވެ.
ދާދިފަހުން ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުން ވެސް ސީލެއް ވަނީ ފެނިފައެވެ.
އެ ގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭއިން ) ވަނީ ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ނުހިފުމަށާއި, އެފަދަ ދިރުންތަކަށް އުނދަގޫކޮށް ގޯނާއެއްވާ ޒާތުގެ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.