ހުޅަނގު ރުއްސަންނޫޅެ އެކަލާނގެ ބާވައިލެއްވި ފޮތް ތަންފީޒު ކުރަންޖެހޭކަމަށާއި, މަރުގެ މައްސަލަތަކުގައި ގާތިލުންނަށް ޙައްޤު އަދަބު ދެވިގެންނޫނީ އެފަދަ ކަންކަން ނުހުއްޓުވޭނެކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޏ. ފުވައްމުލަކު/ކުރި ޝިއާއު މުޙައްމަދު ސަޢީދު މަރާލައިފައިވަނީ ރޭގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހ.ޝީރީން ވިލާގެ 09 ވަނަ ފްލޯގައި ބައެއް ގުނަންތައް ވަކިކޮށްލާފައިވަނިކޮށެވެ.
ގަތުލު ހުއްޓޭނީ ގަތުލު ކޮށްގެން މި ނޫން ގޮތަކަށް މިކަން އިސްލާހު ކުރެވޭނެގޮތަކީ ނެތްގޮތެއްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިހާރު ކުރާކަންކަމުން ނުކުންނަނީ ކޮންނަތީޖާއެއްތޯ ވެސް ޒައިދު ސުވާލުކުރެއްވިއެވެ.
ޒައިދު ވިދާޅުވީ ފޫ ގޮސްފައި އޮންނަ ބާލިދީއަކަށް ކިތަންމެ ފެނެއް އެޅިޔަސް ގެންދާކަށް ފެނެއް ނުލިބޭނެ ކަމަށާއި, ހުޅަނގު ރުއްސަންނޫޅެ މަތިވެރި އިލާހުގެ ފޮތް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.
ދެންވެސް ގައުމު ދީނަށް ސީދާކުރުމަށް ވަކާލާތު ކުރާ މީހަކަށް ބައިޢަތު ހިއްޕަވާ. އެހެން ބުނީމާ ބުނާނީ އެމީހެއްގެ ފަހަތުގަ ތިބީ މަދު މީހުންނޭ.ވިސްނަވާ ބަދުރުގެ ދުވަސް. އެދުވަހު އެތަނުގަ ހުރިނަމަ ބައިޢަތު ހިފާނީ ގިނަ މީހުންތިބި ކާފަރުންގެ ކޮޅުގަތޯ? ދެންވެސް މިކަހަލަ ބޮޑެތި ކަންކަމުގެ ހައްލު އޮތީ ގައުމު ދީނަށް ސީދާ ކުރުމަށް އުޅޭ މީހަކަށް ބައިއަތު ހިފައިގެން.ޙައްލަކީ ޢުމަރު