ޏ.ފުވައްމުލަކު/ކުރި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރައިލުމުގައި ބައިވެރިވި ފަރާތާއި, އެކަމަށް ވާގިވެރިވި ފަރާތްތަކާއި, ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދައި އެ މައްސަލައިގެ ތަޙުޤީޤު އަވަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އަނިޔާވެރި ގޮތަކަށް ހ.ޝީރީންވިލާގައި މަރާލައިފައި އޮއްވާ ރޭ ފެނުނު ޢުމުރުން 22 އަހަރުގެ ޝިއާގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަނިޔާވެރިކަމާއެކު މާލޭ ސިޓީގައި މަރާލާފައިވާ ޒުވާނާއަށާއި ޢާއިލާއަށް އިންސާފު ހޯދައިދީ, ލާއިންސާނީ ޢަމަލު ހިންގި ފަރާތަށް ޙައްޤު އަދަބު ދިނުމަށް ގޮވައިލާ ކަމަށެވެ.
އަދި ހަމައެހެންމެ އެ ރަޙުމުކުޑަ ލާއިންސާނީ ޢަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި, ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ, ތަޙުޤީޤު އަވަސްކުރުމަށް ވެސް ވަނީ ގޮވައިލާފައެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ވަނީ އެފަދަ ރަޙުމްކުޑަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކާއިމެދު އެއްވެސް ހަމްދަރުދީއެއްނެތި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވައިލާފައެވެ.
ހިތާމައަކީ ކޮންމެ ބަޔަކަށްވެސް އެބަޔަކު އިދިކޮޅުގަ ތިބޭއިރު ޙައްގު ފެނިފައި ވެރިކަމުގަ އޮންނައިރު ޙައްގު ނުފެންނަ ކަން
ހިތަށް އަރަނީ ކޮންވެރިއަކުތޯ ﷲއަށްޓަކައި ގިޞާޞު ތަންފީޒުކުރާނީ ހަމަ ަަަަަަަަކަށަވަރުން ވެސް ﷲގެ ޙުކުމްފުޅު ދެމެހެއްޓެވި ވެރިޔަކު ގެއްލެނި ނުކުރައްވާނެ