މިއަދު ފެށިގެންދިޔަ ދިރާސީ އައު އަހަރުގައި މިއުޒިކާއި ފަންނީ ކުރިއެރުން ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ގަބޫލުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާއި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ ދިރާސީ އައު އަހަރުގައި ދީނީ އަދި އަޚްލާޤީ ފުރިހަމަ ތަރުބިއްޔަތާއި, ކުޅިވަރާއި ކަސްރަތާއި, މިއުޒިކާއި ފަންނީ ކުރިއެރުން ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
“އެއް ދަންފަޅި ސްކޫލް, ހެނދުނުގެ ނާސްތާ, ދީނީ އަދި އަޚްލާޤީ ފުރިހަމަ ތަރުބިއްޔަތު, ކުޅިވަރާއި ކަސްރަތު, މިއުޒިކާއި ފަންނީ ކުރިއެރުން ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތް.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެ މަނިކުފާނު މިއަދު ކުރެއްވި އެހެން ޓުވީޓެއްގައިވަނީ ނަމާދުކުރުމަށާއި ޤުރުއާން ކިޔެވުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ.