ރޭގެ ވަގުތެއްގައި މާލޭ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މަރާލަން ބޭނުން ކުރި ހަތިޔާރު ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާ އާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ހާމަކޮށްފައި ވަނީ ޝިއާ މަރާލުމަށް ބޭނުންކޮށްފައިވާ ހަތިޔާރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ރޭގެ ހާދިސާގައި ޝިއާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުޤީޤު މިވަގުތު ކުރިޔަށްދާތީ ތަފްސީލީ މަޢުލޫމާތުތަކެއް ހާމަކުރުމަށް ނިންމާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރޭ ހާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މި ހާދިސާ ހިނގި ޝީރީންވިލާގެ ނުވަ ވަނަ ބުރިޔަށް ފުލުހުން ދިޔައިރުވެސް ޝިއާ ވަނީ ނިޔާވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ޝިއާގެ ކަރާއި ވާތު އަތް ކޮނޑު ހުޅުން ބުރިކޮށްލާފައިވާއިރު، ކަނާތު އަތްތިލަ ވެސް ވަނީ ބުރި ކުރަން މަސައްކަތް ކޮށްފައެވެ.
ޝިއާގެ ހަށިގަނޑު އެމްބިއުލާންސް އަށް އަރުވައިގެން ގަލޮޅު މޯޗަރީ އަށް ގެންދިޔައީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.