ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ އައްޝައިޚް އާދަމް ނިޝާން، ޝަރުތުތަކަކާއެކު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
ޝައިހް ނިޝާން ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި މާލެ އިން ބޭރަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވުމަށް ވެސް ކޯޓުން ވަނީ ޝައިހް ނިޝާނަށް ޝަރުތުކޮށްފައެވެ.
ޝައިހް ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް ޔޯގާއާ ހުއްޓުވި ހަރަކާތުގެ މައްސަލައިގައި ކުރިން ހައްޔަރުކުރި އެވެ. އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.