ރޭ މާލޭގައި ހިނގި އަނިޔާވެރި ގަތުލާއި ގުޅިގެން، ފުލުހުން ހައްޔަރުކޮށްފައިވާ އަލީ ސާހިލް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އެދިގެން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމާފައެވެ.
އަނިޔާވެރި ގޮތަކަށް އުމުރުން 22 އަހަރުގެ ޒުވާން އަންހެނަކު މަރާލުމުގެ ތުހުމަތުގައި ސާހިލް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކުށުގެ ވެށިންނެވެ. އޭނާ ހައްޔަރުކުރިއިރުވެސް ހަށިގަނޑުގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން މި މައްސަލަ ބަލަމުން އަންނަ އިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ހިނގި އެންމެ އަނިޔާވެރި އެއް މަރެވެ.