ހ. ޝީރީން ވިލާގައި ރޭ ރަހުމްކުޑަގޮތަކަށް އަންހެނަކު މަރާލާފައިވާއިރު އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރ އަލީ ޝާހިލް ކަމަށް ދިޑެއީލީއަށް މައުލޫމާތު ލިބިއްޖެެއެވެ.
މަރުވެފައި އޮތް އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ ކްރައިމް ސީނުން ގެންގޮސްފައެވެ. އެ ސީންގައި ތިބި ބައެއް ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ބޮޑީ ބޭގްގެ ދެ ބޭގެއް ވަކިން ފުލުހުން އެ ގެއިން ނެރުނެވެ. މަރުވެފައި އޮތް އަންހެން މީހާގެ ކަރު އެކުގައި ހަށިގަނޑާ ވަކިކޮށްލާފައިވާކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް ފުލުހުން އަދި މިފަދަ މައުލޫމާތެއް ކަށަވަރުކޮށެއް ނުދެއެވެ.
މި މައްސަލައިގާ ޝާހިލް ހައްޔަރުކޮށްފައިވާއިރު ޝާހިލް މަރާލީ އޭނާގެ އަނބި މީހާކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާކަމެއް ކަށަވަރެއް ނޫނެވެ.
ކޮންއިރަކު މަސްހޫރީ?! އަޑުއެހިތާ. ގާތިލެއް ގޮތުގަ މަސްހޫރުވީތި