އިސްތަށިގަނޑު ރީތިކޮށް ދިގު ކުރުމަކީ އަންހެނުންގެ އިތުރުން ފިރެހެނުންވެސް ނުހަނު ބޭނުންވާ ކަމެކެވެ.
އިސްތަށިގަނޑު ދިގު ކުރުމަށް ތަފާތު އެކި ކަހަލަ މަސައްކަތް ކުރާމީހުން އުޅެއެވެ. ނަމަވެސް ލިބޭ ޝަކުވާ އަކީ އިސްތަށި ދިގު ކުރި ވަރަކަށް ބޮލުން އިސްތަށި ފައިބާ ވާހަކައެވެ.
އިސްތަށި ފޭބުން ހުއްޓުވުމާއި އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް ބައެއް ކާނާ ބޭނުން ކުރެވިދާނެއެވެ.
ކާށި ތެޔޮ
ކާށި ތެލަކީ އިސްތަށި އަވަހަށް ދިގު ކުރުމަށް އޮތް ފަރުވާ އެކެވެ. އެގޮތުން ތާޒާ ކާށި ތެޔޮ އާއި ލުނބޯ އެއްކޮށްލުމަށް ފަހުގައި އިސްތަށިގަނޑުގެ ބުޑުގައި 15 މިނެޓް ވަންދެން އުނގުޅާލާށެވެ. އެއަށް ފަހު ޝޭމްޕޫ ލައިގެން ދޮވެލާށެވެ. މިއީ އިސްތަށިގަނޑު އަވަހަށް ދިގު ކޮށްދިނުމުގެ އިތުރުން އިސްތަށި ވަރުގަދަ ކޮށްދޭ ކަމެކެވެ.
އެޕަލް ސިޑަރ ވިނެގަރ
މިއީ އިސްތަށި ގަނޑުގެ އިތުރުން ހަންގަނޑަށް ވެސް އޮތް ފަރުވާއެކެވެ. އިސްތަށިގަނޑު އަވަހަށް ދިގު ކޮށް ދިނުމުގެ އިތުރުން ހަންފޮޅުމުން ވެސް ދުރުކޮށްދެއެވެ. އެގޮތުން ތާފަނާ ފެން ތައްޓަކަށް 15ml އެޕަލް ސިޑަރ ވިނެގަރ އެޅުމަށް ފަހު އިސްތަށިގަނޑޫގެ ބުޑުގައި އުނގުޅައި 15 މިނެޓް އާއި 20 މިނެޓް ވަންދެން މަސާޖް ކޮށްލުމަށް ފަހުގައި އިސްތަށިގަނޑު ދޮވެލާށެވެ.
ފިޔާ
ފިޔާ ދިޔަ އަކީ ވެސް އޭގެން އިސްތަށިގަނޑު އަވަހަށް ދިގު ކޮށްލުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން ފިޔާ ކުދިކޮށް ކޮށުމަށް ފަހުގައި ކުޑަ ފެން ފޮދަކާއި އެކު މިކްސްޗަރ އިން ރަނގަޅަށް ހިމޫން ކޮށްލުމަށް ފަހުގައި ބޮލުގައި 15 މިނެޓް އުނގުޅުމަށް ފަހުގައި އިސްތަށިގަނޑު ޝޭމްޕޫ ލައިގެން ރަނގަޅަށް ދޮވެލާށެވެ.