އެމެރިކާގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ރިއަލިޓީ ސްޓާ ކިމް ކާޑޭޝިއަން އާއި އޭނާގެ ލޯބިވެރިޔާ މަޝްޙޫރު ކޮމެޑިއަން ތަރި ޕީޓް ޑޭވިޑްސަންއާއި ވަކިވެއްޖެއެވެ.
އެމެރިކާގެ ހަބަރު ތަކުން ހާމަކުރާ ގޮތުގައި 9 މަސް ދުވަސް އެއްކޮށް އުޅުމަށް ފަހުގައި މި ދެފަންނާނުން ވަކި ވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައިކަމަށެވެ. ވަކިވާން މެދުވެރި ސަބަބަކީ މި ދެތަރިންގެ ބިޒީ ޝެޑިއުލް ކަމަށް ބައެއް ޙަބަރު ތަކުން ހާމަކުރި ނަމަވެސް އަސްލު ސަބަބަކީ އުމުރުގެ ތަފާތު ކަމަށް ކިމް ވަނީ ހާމަކޮށްފައެވެ.
ކިމް ހާމަކޮށްފައިވާ ގޮތުގައި ޕީޓް ބޭނުން ވަނީ އަބަދުވެސް އޭނާ އެކު އެކި ތަންތަނަށް ގޮސް އުޅެން ކަމަށާއި ކިމް އަކީ 4 ކުދިން މަންމަ ކަމުން އަބަދު ކުދިންއާއި ވަކިން ނޫޅެވޭނެ ކަމަށެވެ. އަބަދުވެސް އޭނާގެ ކުދިންއަކީ އޭނާ އެންމެ ފުރަތަމަ އެންމެ މުހިއްމު ކަމެއް ދޭނެ ކަންތައް ކަމަށާއި ކުދިންއާއި ދުރުވާ ގޮތަކަށް އޭނާ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށް ވެސް ކިމް ވަނީ ހާމަކޮށްފައެވެ.
އުމުރުގެ ގޮތުން ހަގު ވުމުން ޕީޓްއަށް ކިމްގެ ކުދިންއަށާއި ވިޔަފާރި ކަންކަމަށް ވަގުތު ހުސްކުރަން ޖެހޭ ކަން ނުވިސްނޭ ކަމަށް ވެސް ކިމް ވަނީ ހާމަކޮށްފައެވެ.
2021 ގެ އޮކްޓޯބަރުގައި ލޯބީގެ ގޮތުން މި ދެތަރިން ގުޅުން ނަމަވެސް ރަސްމީކޮށް އެކަން މީޑިއާގައި ހާމަކޮށްފައިވަނީ ކަންޔޭ ކައިރިން ފެބްރުއަރީގައި ވަރިވާން ފޯމު ލުމަށް ފަހު، މި އަހަރުގެ މާރޗް މަހުގައެވެ.