ރޭ މާލޭގެ ގެއެއްގެ ތެރޭގައި ރަހުމްކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނީ ފުވައްމުލައް ޒުވާން އަންހެން ކުއްޖެއްކަން ހާމަވެއްޖެ އެވެ.
މަރާލާފައި އޮތްވާ ފެނުނީ ޏ. ފުވައްމުލަކަށް އުފަން އުމުރުން 23 އަހަރުގެ ޝިއާއު މުހައްމަދު ސައީދު އެވެ.
ޝިއާއުގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝިއާއު އަށް ހަމަލާދީ ފައިވަނީ ތޫނު އެއްޗަކުންނެވެ. އެގޮތުން ކަރާއި އަތާއި ފައި ބުރިކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ .
މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ އަލީ ސާހިލް އެވެ. އޭނާއަކީ ޝިއާއުގެ ލޯބިވެރިޔާކަމަށް މައުލޫމާތު ލިބެއެވެ.