މާލޭގައި އަންހެނެއްގެ ކަރު ބުރިކޮށްލާ މަރާލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރު ބުރިކޮށްލާފައި އޮތް އަންހެން މީހާ ފެނުނީ ހެންވޭރުގައި ހުންނަ ޗީބީ ކެފޭ ހިންގަމުން އަންނަ ގޯޅިގަނޑު ތެރޭ ހުރި ގެއެއްގެ ތެރެއިންނެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒަހަމް ތަކަކާއެކު އެކު މާލެގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮތް އަންހެން މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި މި ކަމާއި ގުޅިގެން އަންހެން މީހާ މަރާލާފައި އޮއްވާ ފެނުނު ސީން އިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައި ވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.