ހައްޔަރުކުރީ ޕީޕީއެމްއަށާއި އޭނާއަށް އަނިޔާ ދިނުމުގެ ގޮތުންކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އޭނާ ހައްޔަރުކުރީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
މުޙައްމަދު އިސްމާޢީލް ހައްޔަރުކުރުމަށްފަހު ފުރަތަމަ ބަންދަށް ދިނީ 07 ދުވަހެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު މިދިޔަމަހުގެ ހަތްވަނަ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް އިތުރުކުރިއެވެ. އޭނާގެ ބަންދާމެދު ގޮތެއް އިތުރު ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ނަމަވެސް އޭނާ ދޫކޮށްލީ މިރޭގައެވެ. ދޫކޮށްލުމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ހައްޔަރަކީ ޙަޤީޤަތުގަ ހަމަ ސީދާ ދިވެހި ސަރުކާރުން އޭނާ ފްރޭމްކޮށްގެން ކުރި ހައްޔަރެއް ކަމަށެވެ. ހައްޔަރުކުރީ ޕީޕީއެމްއަށާއި އޭނާއަށް އަނިޔާ ދިނުމުގެ ގޮތުންކަމަށް ވެސް ވިދާޅުވިއެވެ. އަދި ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އަދި މި ހައްޔަރީގަ އޭނާއާ ދޭތެރޭގަ ކުރެވޭނެ އެއްވެސް ތުހުމަތެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.
ކުޅަދާނައެއް ނޫން އިރާދަފުޅުން މިގައުމުގެ ވެރިކަން ކާމިނީ ވަގައް ފެން އަންނަން
ކަލޭ ހައްޔަރުކޮށްފަ އުމުރައްވެސް ބަހައްޓަންވީ ކަލޭތީ ބިންމަތީގައި ފަސާދަކުރާ މީހެއް