އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މުވައްޒަފަކު ސަސްޕެންޑްކުރިކަން މަޖިލީހުގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެހެންނަމަވެސް އެ މުވައްޒަފާބެހޭ އިތުރު މަޢުލޫމާތެއް އަދި އެ މައްސަލައާބެހޭ އެއްވެސް މަޢުލޫމާތެއް ނުދެއެވެ.
“ދިޑެއިލީ“ އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު ރާއްޖޭގެ ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އޭގެތެރޭގައި ބައެއް ޓީޗަރުންނާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ފުލުހަކާއި ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރާއި ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ވެސް ހިމެނެއެވެ.