އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފިއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދެ މުވައްޒަފަކު ސަސްޕެންޑްކުރިކަން ކަސްޓަމްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ކަސްޓަމްސްގެ އޮފިޝަލަކު މިރޭ “ދިޑެއިލީ“ އަށް ވިދާޅުވީ ފުލުހުން އެ މައްސަލަ ބަލަމުންދާތީ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަކި ކޮން މައްސަލައެއްގައިކަމެއް ސީދާ ވިދާޅެއް ނުވެއެވެ.
ނަމަވެސް “ދިޑެއިލީ“ އަށް އެނގިފައިވާ ގޮތުގައި އެ ދެ އޮފިސަރުން ސަސްޕެންޑްކުރީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު އެ މީހުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ.