އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ކެންޑިޑޭޓްކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ރަނިންމޭޓަކަށް އަންހެން ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
2023 ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑީއާރްޕީގެ ރިޔާސީ ޓިކެޓް ޖާބިރަށް ދޭން އެ ޕާޓީގެ ކައުންސިލުގެ އިއްތިފާޤުން ނިންމީ މީގެ ދެތިން ދުވަސްކުރިންނެވެ.
ޖާބިރަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީގެ ކައުންސިލުގެ ޚާއްސަ ބައްދަލުވުމުގައެވެ.
ފުރަތަމަ ފަހަރަށް ނައިބު ރައީސްއަކަށް އަންހެން ބޭފުޅަކު ގެނައުމަށްކަމަށް ވިދާޅުވެ ޖާބިރު މީގެ ކުރިން ވަނީ ރަނިންމޭޓަކަށް ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވައިފައެވެ.
ނަމަވެސް ވަގުތު ނޫހަށް މަޢުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް، ރައްޔިތުން މަޖިލީހުގެ ގއ.އަތޮޅު މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މ.ސެރީނ، ފާޠިމަތު ޝީރީން ހަމަޖައްސަވާފައިވާ ކަމަށެވެ.