ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ބިޒްނެސް ޕްލޭން ހަދަން ބޭނުން ވަނީ 2023-2027 އަށް ކަމަށާއި އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑި އަކީ މި މަހުގެ 11 އެވެ. އަދި މި ބީލަމުގައި ބައިވެރިވާން ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
ވެމްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރަށް ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމެވެ.
ވެމްކޯއަކީ 2016 ވަނަ އަހަރުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ.
އެވަރުގެ ޕްލޭނެއް ހަދާން އެނގޭ ވަރުގެ މީހުން ވަޒިފާއަށް ލާނަމަ، ކޮރަޕްޝަނަށް މަގު ފަހިކުރަން އެކަންކުރާން އިއުލާނު ކުރާކަށް ނުޖެހުނީސްތާ! ތަނެއްދޮރެއް ނުބަލައި ރީނދޫ ބާގައިގެ އެކްޓިވިސްޓުން ލަނީ ބައި އެޅޭ ގޮތަށް ވައްކަންކުރަން ވިއްޔަ. ހިތާމަހުރި! ިިި ް