ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގިރް ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހެދުމަށް ހުށަހަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގީރު މިހާރު ވަނީ ދައުލަތާ އެކުގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައެވެ. އަދި އެއްބަސްވުން ގާއިމްކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ދައުލަތާއެކު އިއުތިރާފް އެއްބަސްވުން ހަދާ ފަރާތްތަކަށް ގާނޫނުގައި ބުނާ އެންމެ ކުޑަ އަދަބެއް ނުވަތަ ލުއި އަދަބަކަށް ދައުލަތުން ކޯޓުގައި އެދެވޭނެއެވެ.
މި މައްސަލައިގައި އަލަމްގިރް ހައްޔަރުކޮށްފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އިއުތިރާފު އެއްބަސްވުން އަދީބު ވެސްހެދި،ނަތީޖާ އަކަށްވީ ދައުލަތުން ބޭނުންވާބަޔަކާ ސިޔާސީ ދައުވާކުން