އަލުވި އަކީ އަހަރެމެން ތެރެއިން ގިނަ މީހުން އަށް ވަރަށް ކަމުދާ އެއްޗެކެވެ.
އަލުވި ބޭނުން ކޮށްގެން ތަފާތު އެކި ވަށްތަރުގެ ކާއެއްޗެހި ތައްޔާރު ކޮށްގެން ބޭނުންކުރެއެވެ. އޭގެ ތެރޭގައި ފްރެންޗް ފްރައިސް، އަލުވި ރިހަ، އަލުވި ސަންބޯލްގެ އިތުރުން ފިހުނު އަލުވި އާއި މި ނޫންވެސް އެކި ކަހަލަ ކާއެއްޗެހި ތައްޔާރުކޮށް އުޅެއެވެ.
ނަމަވެސް އެކި ކަހަލަ ކާއެއްޗެހި ހަދަން އަލުވި މަށާފައި އަލުވީގެ ތޮށިގަނޑު އެއްލާލާއިރު އެއީ ސިއްޙަތަށް ފައިދާ ހުރި އެއްޗެއްކަން ގިނަ މީހުންއަށް ނޭނގެއެވެ.
ހަނގަނޑުގެ ރީތިކަމަށް އަލުވި މުހިއްމު ރޯލެއް އަދާކުރެއެވެ. ވިޓަމިންސް އޭ، ބީ6، ސީ، ޑީ، އީ، އަދި އަޔަން، ޒިންކް، ކޮޕަރ، ކެލްސިއަމް، ޕޮޓޭސިއަމް، ނިއޭސިން އިން މުއްސަދިވެފައިވާ އަލުވީގެ ތޮށިން އިސްތަށިގަނޑަށް ވެސް އެތައް ފައިދާ އެއް ކުރެއެވެ.
އެގޮތުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އިސްތަށި އިތުރު ކޮށްދިނުމަށް އެހީވެދިނުމުގެ އިތުރުން ނުރަ އިސްތަށިގަނޑު ކަޅުކޮށްލުމަށް ވެސް އަލުވީގެ ތޮށިން އެހީވެދެއެވެ.
އަލުވޮ ތޮށި ބޭނުންކުރާނެ ގޮތް:
އަލުވި ތޮށި ތެއްޔަކަށް ފެންއެޅުމަށް ފަހުގައި 25 މިނެޓް ކައްކާށެވެ. އެއަށް ފަހުގައި ފުރޭންޏަކުން ތައްޓަކަށް ފުރާނާށެވެ. ދެން އިހޫވެފައިހުރި އަލުވި ތޮށި ފެން ބޮލުގައި ހާކާލާށެވެ. 15 މިނެޓް މަޑުކޮށްލުމަށް ފަހުގައި ޝޭމްޕޫ ލައިގެން ދޮވެލާށެވެ. ވަހާއި އެކު ނުރަވެސް ފިލާނެ ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.