ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު (ބޭބޯ) އާއި ދޮންދަރިން ސާރާ އަދި އިބްރާހީމް އާއި އެއްވެސް މައްސަަލައެއް ނުޖެހޭ ކަމަށް ކަރީނާ ހާމަކޮށްފިއެވެ.
ކޮފީ ވިތް ކަރަން ސީޒަން 7 ގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރީނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އާއި ސައިފްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެކުދިންވެސް އުޅެނީ ވަރަށް ލޯބިން ކަމަށެވެ. އަދި އެއްވެސް ރުޅި ވެރި ކަމެއް އެކުދިންނާއި މެދު ނޯންނަ ކަމަށާއި އެކުދިން އެކުގައިވެސް ވަގުތު ހޭދަ ކުރާ ކަމަށެވެ.
ސައިފް ސާރާއާއި އިބްރާހީމް އަށް ވަގުތު ހުސްކުރާ ކަމަށާއި ކަރީނާ އެކު ލިބިފައިވާ ތައިމޫރު އަދި ޖޭ އަށް ވަގުތު ދޭ ފަދައިން އެ ދެކުދިންނަށް ވެސް ހަމަހަމައަށް ވަގުތު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ދެވަނަ ދަރިފުޅު ވިހެއުމާއި އެކު ބްރޭކެއްގައި ހުރުމަށް ފަހު އާމިރު ޙާން އާއި އެކު ”ލާލް ސިންގް ޗައްދާ“ އިން ކަރީނާ އެނބުރި ސިނެމާއަށް އަންނަން ވަނީ ހަމަ ޖެހިފައެވެ.