ބޮލީވުޑް ގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ގެ ކައިވެނި މި އަހަރު ސެޕްޓެމްބަރަށް ކައިވެނި ކުރަން ހަމަޖެހިފައިކަމަށް އިންޑިއާގެ ހަބަރު ތަކުން ވަނީ ހާމަކޮށްފައެވެ.
ހަތް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މި ތަރިން ކައިވެނި ކުރަން ނިންމީ ފަޒަލް ބޭނުން ވެގެން ކަމަށް ވެސް ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
ފަޒަލް ވަނީ ރިޗާއަށް 2019 ވަނަ އަހަރު ކައިވެނި ކުރަން ހުށައަޅާފައެވެ. އެގޮތުން މި ދެފަންނާނުން ކައިވެނި ކުރަން މީގެ ކުރިން ވަނީ 2020 ވަނަ އަހަރު ހަމަޖެހިފައެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކައިވެނި އޭރުގައި ލަސްކޮށްފައިވާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
މި ދެ ފަންނާނުންގެ ކައިވެނީގެ ރަސްމިޔާތު ވަނީ ދެ ތަނެއްގައި ބާއްވަން ހަމަ ޖެހިފައި ކަމަށާއި އަދި އެއީ މުމްބާއި އާއި ވެރި ރަށް ނިއުދިއްލީގައި ކަމަށް ވެސް މީޑިއާތަކުން ދަނީ ހާަމަކުރަމުންނެވެ.