ބޮލީވުޑް ފިލްމުތަކުގެ ކާމިޔާބީ އާއި އެކްޓަރުންގެ ގުޅުން ވަނީ ގުޅިލާ މެހިފައި ކަމަށް ޑައިރެކްޓަރ ކަރަން ޖޯހަރު ހާމަކޮށްފިއެވެ.
ކަރަންގެ ކުރިއަށްއޮތް ކަރަންގެ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ބެހޭ ގޮތުން އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ފިލްމުގެ ބަތަލް ރަންވީރު ސިންގް އާއި ބަތަލާ އާލިއާ ބަޓްގެ ކެމިސްޓްރީއަކީ ޝާޙް ރުކްޙާން އާއި ކާޖޮލް ކަހަލަ ގުޅުމެއް ކަމަށް ވަނީ ހާމަ ކޮށްފައެވެ.
ކާޖޮލް އާއި ޝާޙް އަކީ ޝޫޓިން އިން ބޭރުން ވެސް އެކުވެރިކޮށް އުޅޭ ދެ ފަންނާނުން ކަމަށާއި ރަންވީރުއާއި އާލިއާގެ ފަރާތުން ވެސް ފެންނަނީ އެއްކަހަލަ ގުޅުމެއް ކަމަށް ކަރަން ވަނީ ހާމަކޮށްފައެވެ. ޝާޙް އާއި ކާޖޮލްގެ ފިލްމުތައް ހިޓްވާ ފަދައިން ރަންވީރުއާއި އާލިއާގެ ފިލްމުތައް ވެސް ހިޓްވާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
”ރޮކީ އޯރް ރާނީ“ ފިލްމަކީ 2016ވަނަ އަހަރު ނުކުތް ”އޭ ދިލް ހެ މުޝްކިލް“ އަށް ފަހު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފުރަތަމަ ބޮޑު ފިލްމެވެ.