ބޮލީވުޑްގެ ބަތަލް އާމިރު ޙާން އޭނާގެ ކުރިއަށް އޮތް ފިލްމު “ ލާލް ސިންގް ޗައްދާ“ އަށް އާއްމުންގެ ނުރުހުން އަމާޒުވުމާއި އެކު އޭނާ ގައުމު ދެކެވާ ލޯބި ހާމަކޮށްފިއެވެ.
އާމިރު ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި، އޭނާ ދީފައިވާ އިންޓަވިއުއެއްގައި އިންޑިއާގައި މީހުންގެ ހިޔާލުތަކަށް އިހްތިރާމްކޮށް ބަލައިގަންނަން ނޭނގޭ ކަމަށާއި އާމިރު އާއި އޭނާގެ ކުރީގެ އަންހެނުން ވެސް ބޭނުންވަނީ ގައުމު ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ވުމަށް ކަމަށް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އާމިރު ޙާންގެ ކުރިއަށް އޮތް ފިލްމު ލާލް ސިންގް ޗައްދާ ބޮއިކޮޓް ކުރުމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ އާމިރުގެ އިންޓަވިއުގެ ވީޑިއޯ ވައިރަލް ކުރަން ފަށައިފައެވެ.
އާމިރު ވަނީ އއ ވީޑިއޯ ވައިރަލް ނުކުރުމަށާއި އޭނާ އަކީ ގައުމު ދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށް ހާމަކޮށްފައެވެ. އާއްމުންއަށް އޭނާ ގައުމު ދެކެ ލޯބިނުވާ ކަމަށް ހީވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ފިލްމު ބޮއިކޮޓް ނުކޮށް ފިލްމު ބަލަން ދިއުމަށް އާދޭހާއި އެކު އެދޭ ކަމަށް ވެސް އާމިރު ވަނީ ހާމަކޮށްފައެވެ.
އަދްވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމަކީ ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ ހިންދީ ފިލްމެކެވެ. އާމިރު އާއި އެކު ބަތަލާ ކަރީނާ ކަޕޫރު ވެސް މި ފިލްމުން ފެނިގެން ދާނެއެވެ.