ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބްލެކްމެއިލް ކުރައްވަންކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ރައީސް ޞާލިޙް އަންހެނަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްޕުޅުގައި އެބަ އޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ފޮޓޯތައް ހާމަކުރައްވަންވީތޯ އަމިއްލަފުޅަށް ވިދާޅުވި ނަމަވެސް, ނަޝީދަކަށް އެކަމެއް ނުކުރެއްވުނެވެ. އެންމެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގެން ދެން އިވުނީ ނަޝީދުގެ ފޯނު ޖަހައިގަތް ވާހަކައެވެ.
ރައީސް ޞާލިޙަށް އެފަދަ ބޮޑު ތުހުމަތެއް ކުރައްވާތީ އެ މަނިކުފާނުގެ ވަފާތެރި މެންބަރުން ވަނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ބޭރުުކުރުމަށް މައްސަލަ ވެއްދުމަށް ބޭނުންވާނެ ސޮއި ވެސް ހަމަކޮށްފައެވެ.
ރައީސް ނަޝީދުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސަލީމް (މާޒް ސަލީމް) އެވެ.
ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދު ރައީސް ޞާލިޙް ބްލެކްމެއިލް ކުރައްވާފައިވާކަން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ރައީސް ނަޝީދު އިތުރުފުޅު ހައްދަވައި އެފަދަ ބޮޑު ތުހުމަތެއް ކުރެއްވިނަމަ ޙައްޤު އަދަބު ލިބެންވާނެ ކަމަށެވެ. އަދި އެ މައްސަލަ ތަޙްޤީޤުކޮށް އޭގެ ތެދު ދޮގު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ސިޓީގައިވެއެވެ.
ބުލެކްމެއިލް ކުރުމަކީ ގާނޫނީ ކުށެއް ނަޝީދުއާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަން