ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އަދި ދެން ހުރި މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެހެންކަމުން ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 23 އަށް އަރައިފައެވެ. ނަމަވެސް ބައެއް މީހުންނަށް ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެެވެ.