ދ.ކުޑަހުވަދޫގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން މިހާތަނަށް 17 މީހުން ހައްޔަރުކޮށްފިއެވެ.
ކުޑަހުވަދޫގައި މުޒާހަރާކުރަނީ އެ ރަށުގެ ޒުވާނަކު ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހުމުން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާ އެއާރގައި އެދުމުން އެކަން ހަމަޖައްސައިނުދިން ކަމަށް ބުނެއެވެ.
މަންތާ އެއާރއިން އޮޕަރޭޓްކުރާ ކުޑަހުވަދޫ އެއާޕޯޓު ކުރިމަތީ މުޒާހަރާ ފެށީ މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެންނެވެ.
ފުލުހުން ބުނީ އެ މުޒާހަރާއާ ގުޅިގެން މިހާތަނަށް 17 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.