ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޝައިޚް ހައްޔަރުކުރީ މިދިޔަ ޖޫން 22 ގައެވެ. އޭރުން ފެށިގެން ކްރިމިނަލް ކޯޓުން އައީ ޝައިޚްގެ ބަންދުގެ މުއްދަތު އިތުރު ކުރަމުންނެވެ. އެ ގޮތުން ޝައިޚް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މިއަދު ޙުކުމްކުރީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ޝައިޚްގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. އެ ގޮތުން އެ ކޯޓުން ނިންމީ ޝައިޚްގެ ބަންދަށް ތިން ދުވަސް އިތުރު ކުރުމަށެވެ.