ރާއްޖޭގެ މުޖުތަމައުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެ ކަން ހުއްޓުވުމުގެ މަސައްކަތުގައި ދަންނަ ބޭކަލުން އެއްގޮތަކަށް ވެސް ނޫޅުއްވާކަމަށް އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަން ތައްޔާރުވެފައިވާއިރު އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ މީހެއް ސުކޫލަކު ނުބަހައްޓާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޢަމްރު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ސްކޫލުތަކުގަ ވެސް އަދި މުޅި މުޖުތަމައުގަ ވެސް ގިނައިން ހިނގާ ކަމެއް ކަމަށެވެ.
އަދި މި ނުބައި އަމަލު ހުއްޓުވަން އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ދެރައީ ދަންނަ ބޭކަލުން އެއްގޮތަކަށް ވެސް މިކަމާ ނޫޅޭތީކަމަށް ޢަމްރު ވިދާޅުވިއެވެ.