މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާނަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޢައްޔަންކޮށްފިއެވެ.
އެމްއެންޕީގެ ތަރުޖަމާނުގެ މަޤާމަށް ޝިދާތާ އައްޔަންކުރީ މީގެ ކުރިން އެ މަޤާމުގައި ހުންނެވި އަސްރާ އަޙްމަދު އިސްތިއުފާ ދެއްވުމުންނެވެ.
އެމްއެންޕީގެ ތަރުޖަމާނަކަށް ޝިދާތާ އައްޔަންކޮށް އެކަމާ ގުޅިގެން ބޭއްވި ހަރަކާތެއްގައި ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ޕާޓީއަކަށް ގިރާ ނުކުރެވިފައިވާ ކާމިޔާބު ހަރުފަތްތަކެއް ފާއިތުވި ކުރު މުއްދަތުގައި އެމްއެންޕީން ގިރާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީން ކުރަން ރާވައިފައި ހުރި ކަންކަމުގައި ޝިދާތާގެ ހިއްސާ ބޮޑުވާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިދާތާއާއެކު އެ ޕާޓީގެ އަޑު ގަދަވެގެންދާނެ ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.
އެމްއެންޕީގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އަސްރާ އަޙްމަދު އިސްތިއުފާ ދެއްވީ ރާއްޖެއިން ބޭރަށް ތައުލީމު ހާސިލުކުރުމަށް ވަޑައިގަންނަވަން ޖެހުމުންނެވެ.