ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު 113.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ޢާންމުކުރި ހިސާބުތަކުގައި ވާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 113.2 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރު ދަތުރުތަކަށް ކުރި ޚަރަދަށްވުރެ 51 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އަހަރުގެ ޖުލައިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 62.2 މިލިއަން ރުފިޔާއެވެ.