ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފިއެވެ.
އެންޑީއޭގެ ސީއީއޯގެ މަޤާމަށް މިފަހަރު ފުރުސަތު ހުޅުވައިލީ މުސާރަ ވެސް ބޮޑުކޮށްފައެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށެވެ.
މީގެކުރިން އެންޑީއޭގެ ސީއީއޯގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ މަހަކު 18000 ރުފިޔާއެވެ. އޭގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާއާއި ލިިވިން އެލަވަންސްގެ ގޮތުގައި މަހަކު 12500 ރުފިޔާއެވެ.
އެހެންކަމުން އެންޑީއޭގެ ސީއީއޯގެ މުސާރައިގެ ގޮތުގައި މީގެ ކުރިން އެކު ޖުމްލައަށް ލިބޭ އަދަދަކީ 31500 ރުފިޔާއެވެ. ނަމަވެސް ސީއީއޯގެ މަޤާމަށް މީހަކު ހޯދަން މިހާރު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މުސާރައަކީ މަހަކު 48450 ރުފިޔާއެވެ.